ފ.އަތޮޅުގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. ފ.އަތޮޅުގައި ފިއުލް ސްޓޭޝަން ޤާއިމުކުރީ ފ.ނިލަންދޫގައެވެ.
މި މަސައްކަތަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެކެވެ.
ޖުމުލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން މިހާތަނަށް 5 ސްޓޭޝަންގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ވަނީ ފަށާފައި ކަމަށް އެފްއެސްއެމް އިން ވަނީ ބުނެފައެވެ.


