މާދަމާ އަކީ 1447 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފަހު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން 1447 ވަނަ އަހަރުގެ ފިތުރއީޢީދުގެ އުފާވެރި މުނާސަބަތާ ގުޅިފައިވާ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އުސްތާޛާ ހައްވާ ލަތީފް ވިދާޅުވީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް އަދި އަވައްޓެރި އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާތީ އީދު ދުވަހަކި އަންނަ ހުކރު ދުވަސް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އޮތީ މިރޭ 8:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ކަލަންޑަރުގައިވާ ގޮތުން ވެސް މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 ވާ ހުކުރު ދުވަހެވެ.


