ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ "ވޯލްޑް ނޯ ޓޮބެކޯ ޑޭ އެވޯޑް"އަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
މި އިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައިކަމަށް އެޗްޕީއޭން ކުރުމަށް ނިންމާފައިވާ ވަރަށް މުހިންމު ކަމެއްގެގޮތުގައި އެ އިދާރާއިން ފާހަގަކުރެއެވެ.
އެޗްޕީއޭއިން ބުނީ، މި އިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަގްސަދުގައި ކަމަށެވެ.
މި އިނާމަށް ކުރިމަތި ލައްވަން ބޭނުންވާ ފަރާތްތަކުން މެއި މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލެވޭ ގޮތަށް ފުރުސަތު ހުޅުވާލާފައިވާ ކަަމަށްވެސް ބުނެއެވެ. މި އެވޯޑަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު mv.gov.hpa@tobaccofreemaldives އަށް މެއިލް ކުރުމަށް އެދިފައި ވެއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 31 ވަނަ ދުވަހަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ފާހަގަކުރާ ދުވަހަށްވާއިރު މި ދުވަސް ދިވެހިރާއްޖޭގައިވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ. މި އަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުމެވެ.
ރާއްޖޭގައި ދުންފަތާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެތެރޭގައި ރާއްޖޭގައި ވޭޕް ނުވަތަ އިލެކްޓްރޯނިކް ސިގެރޭޓު ބޭނުންކުރުމާ ވިޔަފާރިކުރުން މަނާކުރުމާ ދުންފަތުން ނަގާ ޓެކްސް ބޮޑުކޮށް ކޮންޓްރޯލްކުރުން ހިމެނެއެވެ

