logo

ޑީސަލް ހަމަކަށް ޖާހާފައިން ހޮޅިއެއްގަ އަނގަޖަހައި ދަމާލުމުން ޑީސެލް ބޮވިގެން ވެމްކޯ މުވައްޒަފަކު ވެންޓިލޭޓަރުގައި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

ޑީސަލް ހަމަކަށް ޖާހާފައިން ހޮޅިއެއްގަ އަނގަޖަހައި ދަމާލުމުން ޑީސެލް ބޮވިގެން ވެމްކޯ މުވައްޒަފަކު ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގީ ގއ. ދިޔަދޫގައެވެ. ހާދިސާ ހިނގީ ގއ. ދިޔަދޫ ސައިޓްގައި ޖަނަރޭޓަރަކަށް ޑީސަލް އަޅަން އުޅުމުގެތެރޭގައެވެ. މިމިހާ އަށް މިހާރުގެންދަނީ އައިޖީއެމްއެޗްގައެވެ. ފުރަތަމަ އޭނާ އަށް ފަރުވާ އަށް ގެންދިޔައީ ގއ. ވިލިނގިލީހޮސްޕިޓަލަށެވެ.

ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވީ މި މުވައްޒަފުގެ ހާލަތު ވަރަށް ގާތުން މޮނިޓާކުރަމުންދާ ކަމަށާއި، މިހާރު ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ. ވެންޓިލޭޓަރަށް ލީ ނޭވާލާން އުނދަގޫ ވެގެން ކަމަށާއި، އެކަމަކު މިރޭ އައިސީޔޫއަށް ބަދަލުކުރާނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.

މި ހާދިސާގައި ހާލު ދެރަވި މީހާ އަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ މީހެކެވެ. މި މުވައްޒަފުގެ ފަރުވާ އަށް ހިނގާ ހުރިހާ ހަރަދެއް ވެމްކޯއިން ދަނީ ބަލަހައްޓަމުންނެވެ.

ad