logo

ކުރިއަށް އޮތް 5 ދުވަސް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް: މެޓް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ކުރިއަށް އޮތް 5 ދުވަސް ދެކުނާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓުން ބުނީ ވައި ގަދަވެ، ކަނޑުގަދަވާނެކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސަރަހައްދުގައި އާންމު ގޮތެއްގަ މޫސުމަށް ސަމާލު ވުމަށެވެ. ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި ދަނީ ވައި ގަދަވަމުން ކަމަށާއި، އިރުއުތުރުން އުފެދިފައިވާ ލޯޕްރެޝަރު، ޓްރަޕްގެ ސަބަބުން އެސަރަހައްދުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުން އަންނަ ކަމަށް ވެސް މެޓުން ބުނެއެވެ. އަދި މި ވިއްސާރައިގައި ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނުގެ އަތޮޅުތަކަށް ވައި ގަދަވަމުންދާ ކަމަށާއި، މި މަހުގެ 9ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހާ ހަމައަށް، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

މޫސުން ގޯސްވަމުން އަންނާތި ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަ ކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ވަނީ ކުރައްވާފައެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ އިން ވަނީ ހުދު ސަމާލު ނެރެފައވެ.

މެޓުން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 17:00 އަށެވެ. މި ސަމާލުގަ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.

ad