-
-
logo

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި

ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

މިއަަދު ހެނދުނު 8:30 އިން ފެށިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ކުރިއަށްގެންދިޔަ މި ކޭމްޕް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުުދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ހަރަކާތުގައި އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ ބާލަސުބްރަމާނިއަމްގެ އިތުރުން އިންޑިއަން ހައި ކޮމިޝަންގެ ޑިޕްލޮމެޓުންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ސިއްހީ ވުޒާރާގެ އިސްވެރިންނާއި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ އާއި ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުންވެސް މި ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މި ހަރަކާތަކީ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ މަތިވެރި ކަމެއް ކަމަށާއި، މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ މުހިންމުކަން މި ހަރަކާތުން ފާހަގަކޮށްދޭ ކަމަށެވެ.

އިންޑިއަން ހައި ކޮމިޝަނުން ފާހަގަކުރެއްވި ގޮތުގައި މިއީ މިއަހަރު އެ ކޮމިޝަނުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއްގައި ބައިވެރިވި ދެވަނަ ފަހަރެވެ. އަދި މިކަމުން ދިވެހިންނަށް ބޭނުންޖެހޭ ވަގުތުތަކުގައި އެހީތެރިވުމަށް ކުރާ މަސައްކަތް ހާމަވެގެންދާ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ލޭ ހަދިޔާކުރުމުގެ ދުވަސްގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން 14 އެވެ. މި ދުވަހަކީ ލޭ ހަދިޔާކުރުމުގެ މުހިއްމު ކަޟާއި މެދު އާންމުން ހޭލުންތެރިކުރުވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިވްއެޗްއޯ) އިން ކަނޑައަޅާފައިވާ ހާއްސަ ދުވަހެެކެވެ.


ad