logo

މަންތާ އެއާގެ އޭޓީއާރް ދަތުރުތައް ހުއްޓާލައިފި

މަރްޔަމް
6 ގަޑިއިރު ކުރިން

ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މަންޓާ އެއާގެ އޭޓީއާރްގެ ދަތުރުތައް ހުއްޓާލައިފި އެވެ

ރާއްޖޭގެ ބައެއް އެއާޕޯޓްތަކަށް އޭޓީއާރްގެ ދަތުރުތަކުގެ އިތުރަށް މަންޓާ އަކީ ސީޕްލޭންގެ ދަތުރުތައް ކުރާ އެއާލައިނެކެވެ. ނަމަވެސް މި މަހުގެ 19 އިން ގެށިގެން އޭޓީއާރްގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން މަންޓާ އެއާ މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި ނޯޓިހެއްގައި ބުނީ މި ނިންމުމާ އެކި އެ އޮޕަރޭޝަންގައި މަސައްކަތްކުރި ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭޓީއާރް އޮޕަރޭޝަންތައް ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ އޭޓީއާރު ފްލީޓްގެ އިންޖީނުތަކަށާއި ފަންނީ ގޮތުން ދިމާވަމުންދާ މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ދިއުން. ޕާކިސްތާނުގެ ސައުތު އެއާއާ އެކު ކުރިއަށްގެންދިޔަ ވެޓް-ލީޒް އޮޕަރޭޝަން ނިމުމަކަށް އައުން ކަމަށް މަންޓާ އިން ބުންޏެވެ. މީގެ އިތުރުން ވިޔަފާރީގެ ދެމެހެއްޓެނިވިކަން އަލުން މުރާޖައާ ކުރުމަށް ފަހު، އިތުރަށް އޭޓީއާރް އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ނެތް ކަމަށް ވެސް ބުންޏެވެ.

މަންޓާ އެެއާ އިން ބުނީ ވަޒީފާއާ ބެހޭ ޤާނޫނާއި ރިޑަންޑަންސީ ޤަވާއިދުގެ ދަށުން މުވައްޒަފުން ވަކިކުރަން ނިންމާފައިވާ އިރު، އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި އިސްތިއުފާ ހުށަހެޅި މުވައްޒަފުންނަށް، ނޯޓިސް މުއްދަތަށް ލިބެ ންޖެހޭ ފައިސާގެ ބަދަލުގައި އެ އަދަދަށްވާ ފައިސާ ދިނުމަށް ކުންފުނިން ހަމަޖައްސާފައިވާ ކަމަށް ބުންޏެވެ.

މަންޓާ އެއާގެ އޭޓީއާރް ދަތުރުތް ހުއްޓައިލި އިރު، މި އެއާލައިންގެ ދަތުރުތައް ފެބްރުއަރީ 24، 2019 ގަ އެވެ.

މަންޓާ އެއާ އަކީ ރާއްޖޭގައި ހިންގަމުން އަމިއްލަ ދެ އެއާލައުންގެ ތެރެއިން އެއް އެއާލައިިނެވެ. އަނެއް އެއާލައިނަކީ ވިލާ ގްރޫޕްގެ ވިލާ އެއާ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިނަކީ އެންމެ ފުޅާކޮށް އެތެރޭގެ ދަތުރުގެ ހިދުމަތް ދެމުން އަންނަ މޯލްޑިވިއަނެވެ.

ad