ކުރިއަށް އޮތް 5 ދުވަހު ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދުންފުހުގެ އަސަރު ހުންނާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު)ން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ދުން ފުހުގެ އަސަރު މުޅި ރާއްޖެއަށް ކުރާނެ ކަމަށާއި އެގޮތުން ކުރިޔަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ދުންފުހުގެ އަސަރު ހުންނާނެކަަމަށް ބެލެވޭ ކަމަށެވެ.
ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ކުރިޔަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު ބޮޑުވާނެކަަމަށް ލަފާކުރެވޭތޯ ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އެދެއެވެ.


