މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރަމުންދާ ދަތުރުތަކަށް އޮތް ތަރުހީބު ބޮޑުވުމާ ގުޅިގެން، އަންނަ އަހަރުން ފެށިގެން އެ ގައުމަށް ޝެޑިއުލް ދަތުރުތައް ކުރުމަށް ނިންމައިފިއެވެ.
މޯލްޑިވިއަނުން ބުނީ މެލްބާން ދަތުރުތަކުގެ ޑިމާންޑް އިތުރުވެފަވާ ކަމަށާއި، އަންނަ އަހަރުން ފެށިގެން ކޮންމެ ހަފުތާއަކު ޝެޑިއުލް 1 ދަތުރު އެ ސިޓީއަށް ބޭއްވުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.
އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުއެވެ.
އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެ އެއަރލައިންގެ ފްލީޓުގައި ހިމެނޭ އޭ380 މަރުކާގެ މަތިންދާބޯޓެވެ.
ދަތުރުތައް ފެށިތާ ތިން މަސްދުވަސް ފަހުން ޑިމާންޑަށް ބަލައި ޝެޑިއުލް ދަތުރުތަކަށް ބަދަލުކުރަން ނިންމިއިރު، މި ދަތުރުތަކުގެ ސަބަބުން އޮސްޓްރޭލިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

.jpg&w=256&q=75)
