ބޭ އޮފް ބެންގާލްގައި ތޫފާނެއް އުފެދިފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ބޭ އޮފް ބެންގާލް (ބަންގާޅު) ކަނޑުގެ އިރުމަތީ މެދުތެރޭ އަދި ހުޅަނގު މެދު ބޭ އޮފް ބެންގާލްގައި ތޫފާނެއް އުފެދިފައިވާ ކަމަށާއި އެ ތޫފާން ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށެވެ.
މުސުމާއި ބެހޭ ފޯކާސްޓުން ބުނީ ތޫފާން ރާއްޖެއާ ދުރަށް ދަތުރުކުރަމުންދަނީ އިންޑިއާއާ ދިމާލަށް ކަމަށާއި، ސީދާ އަސަރެއް ރާއްޖެއަށް ނުކުރާނެކަމަސެވެ. އެހެންނަމަވެސް އޭގެ ނުސީދާ އަސަރުކުރާނެ ރާއްޖެއަށްކުރާނެ ކަމަށާއި، އެގޮތުން ވިއްސާރަކުރަމުންދާނެ ކަމަށްވެ. އެހެންނަމަވެސް މިހާރު ކުރާ ވިއްސާރައަކި އެ ތޫފާނާ ގުޅިގެން ކުރާ ވިއްސާރައެއްނޫން ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅުނގު މޫސުމުގެ ވިއްސާރަ ކަމަށް ވެސް މުސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ..


.png&w=3840&q=75)