logo

ރަސްމާލެ އެއްބަސްވުން ބާތިލްކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއްނުގަތް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދިނުމަށް ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ގާނޫނުއަސާސީއާ ހިލާފު، ބާތިލު އެއްބަސްވުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ރީ މައްސަލަ ބޭރުކޮށްލައިފިއެވެ.

ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ވަނީ ބޭރުކޮށްލާފައެވެ. ރަޖިސްޓްރާ ފާހަގަ ކުރެއްވި ގޮތުގައި މިއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫނ ކަމަށް ވަނި ކަނޑައަޅާފައެވެ.

އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާގައި ދައުލަތުގެ މުދަލެއް ނުވަތަ ފައިސާއެއް އެކަކަށް ވެސް ދީ، ވިއްކައި، ކުއްޔަށްދީ، ނުވަތަ ދޫކޮށްލަން ވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ބަޔާންކޮށްފައިވިޔަސް 99 އަހަރަށް ބޭރުގެ ފަރާތަކަށް ދައުލަތުގެ ބިން ކުއްޔަށް ދިނުމުގެ ބާރު ސަރުކާރަށް ދޭ އެއްވެސް ގާނޫނީ އޮނިގަނޑެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 251 ވަނަ މާއްދާގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން ކުއްޔަށް ދިނުމުގައި އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ތިންވަނަ ފަރާތްތަކަށް ޖެހިޖެހިގެން ހައްގުތައް ދެވޭ ގޮތަށް އޮތުމުން، ވަކި ނިމޭނެ ތާރީހެއް ނެތި ދާއިމީ ގޮތެއްގައި ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމުގެ ހައްގުތައް ލިބިގެންދާން މަގުފަހިވާ ކަމަށް އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

ad