logo

ރާއްޖޭގެ ދަތުރުފަތުރުގެ އަގުތައް 9.3 އިންސައްތަ އުފުލިއްޖެ

އާމިނަތު މޫސާ
21 ގަޑިއިރު ކުރިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ އަގުތައް ބޮޑުވެ، ރާއްޖޭގެ ދަތުރުފަތުރުގެ އިންފްލޭޝަން މިދިޔަ މެއި މަހު 9.35 އިންސައްތަ އުފުލިއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލޭޝަން ވަނީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 1.1 ޕަސެންޓް އިތުރުވެފައެވެ. އޭޕްރީލް މަހު މި ނިސްބަތް 8.2 ޕަސެންޓުގައި ހުރި އިރު، މާޗު މަހު ހުރީ ހަ ޕަސެންޓުގައެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި ތިން މަހުވެސް ވަނީ ދަތުރުފަތުރުގެ އަގުތައް އުފުލިފައެވެ.

އެގޮތުން މި އަހަރުގެ މެއި މަހު ދަތުރުފަތުރުގެ އިންފްލޭޝަން އޭގެ ކުރީ މަހާ އަޅައި ބަލާއިރު 1.1 އިންސައްތަ އިތުރުވެފައިވާ އިރު، އޭޕްރީލް މަހު މި ނިސްބަތް 8.2 އިންސައްތާ ގައި އަދި، މާޗު މަހު ހުރީ ހަ އިންސައްތާގަ އެވެ.

ދަތުރުފަތުރުގެ ދާއިރާގެ އަގުތައް ކުއްލިއަކަށް އުފުލުމުގެ އެންމެ ބޮޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމެވެ. މީގެ ނަތީޖާއެއްގެ ގޮތުން ވައިގެ ދަތުރުފަތުރުގެ ހަރަދުތައް ބޮޑުވެ، ފްލައިޓްތަކުގެ ޓިކެޓުގެ އަގުތައް ވަނީ 5.6 އިންސައްތަ އުފުލިފައެވެ. މި ނުތަނަވަސްކަމުގެ އަސަރު މުޅި ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ފޯރައިފައެވެ.

މިދިޔަ އަހަރުގެ މޭ މަހު ދަތުރުފަތުރުގެ އިންފްލޭޝަން ހުރީ 0.6 އިންސައްތާގައި ކަމަށާއި، އެއީ ގާތްގަނޑަކަށް 1500 އިންސައްތައިގެ ބޮޑު އިތުރުވުމެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދަތުރުފަތުރުގެ އަގުތައް އައީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ އަހަރު ނިމުނުއިރު އަގުތައް 0.7 އިންސައްތަ އަށް ވެއްޓިފައިވާ އިރު، މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް 1.3 ޕަސެންޓަށް އަގުތައް ދަށްވިއެވެ. މިއީ 2022 ވަނަ އަހަރު ދަތުރުފަތުރުގެ އަގުތައް ހަ އިންސައްތަ އަށް އުފުލުނު ފަހުން، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް މި ދާއިރާގެ އަގުތައް މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ad