ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ޖެހިޖެހިގެން ދެވަނަ ހަފުތާއެއްގައި ދަނީ ދަށަށް ދަމުންނެވެ.
ބްރެންޓް ސާފުނުކުރާ ތެލުގެ އަގު 0.29 އިންސައްތަ ދަށަށް ގޮސްފައިވާއިރު ފީފާއެއްގެ އަގު ވަނީ 95.54 ޑޮލަރަށް ވެއްޓިފައެވެ.
އަދި ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއެޓް (ޑަބްލިއުޓީއައި) ތެލުގެ އަގު 0.63 އިންސައްތަ ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 88.18 ޑޮލަރަށް ތިރިވެފައެވެ.މިއާއެކު މިދިޔަ ހަފުތާގައި 16 އިންސައްތަ ދަށަށް ދިޔަ ބްރެންޓް ތެލާއި، 13 އިންސައްތަ ދަށަށް ދިޔަ ޑަބްލިއުޓީއައި ތެލުގެ އަގު މި ހަފުތާގައިވެސް 2.9 އިންސައްތަ ދަށަށް ދާނެ ކަމަށް ވަނީ ބެލެވިފައެވެ.
ތެލުގެ އަގަށް މި ބަދަލު އައީ އެމެރިކާއިން އީރާން ހިސާރުކޮށްފައި އޮތުމުން މެދުއިރުމަތީގައި އިތުރަށް އަސްކަރީ ކުރިމަތިލުންތައް ފުޅާވެގެން ނުދާނެ ކަމުގެ އުންމީދު އާވުމާ ގުޅިގެންނެވެ.

