ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ވެއްޖެއެވެ
ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބުނު ކަމުގެ މައުލޫމާތު 2026 ނޮވެމްބަރ 10 ވަނަ ދުވަހުގެ ފަތިހު 05:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަންޏެވެ. އޭނާގެ ކަރާއި މޭމަތި ވަނީ ފިހިފައިވާއިރު، އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެއީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަ ފުލުހުން ވަނީ ބުނެފައެވެ.
އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި، މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


