logo

ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެ އަޑިއަށް ގޮސްފި

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

ހުޅުލޭ ސީޕްލޭން ޓާމިނަލުން ފުރަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ އަޑިއަށް ގޮސްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ޓީއެމްއޭގެ މި ސީޕްލޭންގެ ބައެއް އޮތީ ފެނު އަޑީގައެވެ. އަދި ލައިފް ރިންގް ގެ އެހީގައި އެ ފްލައިޓްގެ އެތެރޭގައި ތިބި މީހުން ބާލަމުންދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ޑޮކުން ވާތައް މޮހާލައި ވޯޓާރަންވޭއަށް ދިޔުމަށް ބޯޓު ދަތުރުކުަމުން ދަނިކޮށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވާއިރު މިކަމުގެ އެއްވެސް އިދާރާތަކުން މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

ad