logo

ރާއްޖޭގައި ނިމުނު ހަފްތާގައި ކުއްލި ނުރައްކާތަކުގެ 11 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ނިމުނު ހަފްތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 11 ހާދިސާއެއް ރިޕޯޓު ކޮށްފައިވާ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ވަނީ ، މިމަހުގެ 14 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާ ހާދިސާތަކުގެ ތެރެއިން 11 ހާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސާވިސް، އެފްއާރްއެސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ، މިދިޔަ ހަފުތާގައި މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

އެގޮތުން އެފްއާރްއެސް ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި އަލިފާނުގެ ނުވަ ހާދިސާއާއި މެޑިކަލް އިވެކުއޭޝަންގެ އެއް ހާދިސާ އަދި އެހެނިހެން އެއް ހާދިސާ ހިމެނެއެވެ.

ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. މާލެ އޭރިއާ ކޮމާންޑަށް އަށް ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑަށް ތިން ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން އަންނަނީ އަލިފާނުގެ ނުރައްކާތަކުންނާއި އެކި ބާވަތުގެ ކާރިސާތަކުން ދިވެހި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންނެވެ.

ކުއްލި ހާލަތުގައި އެ ހިދުމަތުގެ ހޮޓްލައިން 118އަށް ގުޅުއްވައިގެން ހިދުމަތް ހޯދެއްވުމަށް އެ ހިދުމަތުން އިލްތިމާސް ކޮށްފައިވެއެވެ.

ad