logo

ފުރުޤާން މިސްކިތަށް ގެއްލުންދީފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

މާލޭގައި ހުންނަ މަސްޖިދުލްފުރުޤާން މިސްކިތުގެ ކުޑަ ދޮރަކަށް ގެއްލުންދީ، އެ ދޮރުގެ ބިއްލޫރިގަނޑުރޭ ތަޅާލައިފިއެވެ.

އެ މިސްކިތް ބަލަހައްޓާ މާލެ ސިޓީ ކައުންސިލުން ބުނީ، މި ކަމުގެ މައުލޫމާތު ލިބުނީ ރޭގެ ވަގުތެއްގައި ކަމަށާއި މި މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި އަމަލު ކުށްވެރިކުރައްވައި، މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ، އިސްލާމްދީނުގައި ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް ގެއްލުންދޭ މީހުން ހޯދައި، ހައްގު އަދަބު ދިނުމަށް ގޮވައިލައްވާފައެވެ.

އެގޮތުން، މާލޭގެ މިސްކިތްތަކަކީ ހުރިހާ ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަން ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި، މި ފަދަ ކަންކަމަކީ މުޖުތަމަޢުގެ ތެރޭގައި އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެކުރިން ވެސް ފުރުޤާން މިސްކިތަށް ގެއްލުންދީފައިވެއެވެ.

ad