logo

ބަނގުރާ ދަޅުތަކަކާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ބަނގުރާ ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހމ.ހިޔާ 4-18-15 / މާލެ، އަމާން އިބްރާހީމް (25އ) އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އޭނާ އަތުލައިގަނެފައިވަނީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅޭ ވެމްކޯ ބުރިޖު ދަށުންނެވެ.

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 24 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ad