logo

ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިންގ މަޝްރޫޢަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުމެއް ނުލިބޭ: ވަޒީރު މުއްޠަލިބް

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

ހދ. ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކާ އެ އަތޮޅު ހަނިމާދޫގައި ސަރުކާރުން ހިންގަން މަސައްކަތްކުރި ހައުސިންގ މަޝްރޫއުއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުލިބޭކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ގަފޫރް ވަނީ އުތުރުގެ ރަށްތަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދުއަަށް ވަޑައިގެން އެ މަނިކުފާނު ވަނީ އެ ރަށު މީހުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި މުނިސިޕަލް ހިދުމަތްތައް ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމްކުރަން އެޗްޑީސީއާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ފެށިފައިނުވާތީ އެކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން، ވަޒީރު ވިދާޅުވީ، ހިރިމަރަދޫގެ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އަޅަން މެމްބަރާއި، ހަނިމާދޫ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށެވެ.

ވަޒީރު ވަނީ ހިރިމަރަދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ހައުސިންގ މަޝްރޫޢާއި ހަނިމާދޫ ރައްޔިތުންނަށްގެ ހައުސިންގ މަޝްރޫޢަކީ ވަކިވަކިން ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަން ފާހަގަކުރައްވަފައެވެ. އެ ދެ މަޝްރޫޢު ވެސް ސަރުކާރުން ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

އެހެންކަމުން ހިރިމަރަދޫ ރައްޔިތުން ބަދަލުކުރުމަށްޓަކައި އެ މަސައްކަތް އަވަހަށް ފެށިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތަށް ރަށު ކައުންސިލްގެ އަދި ރަށު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވަޒީރު މުއްތަލިބް ވިދާޅުވިއެވެ.

ހދ.ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާއިރު، ހިރިމަރަދޫ ރައްޔިތުން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވޯޓުލާފައި ވަނީވެސް ހަނިމާދޫއަށެވެ. އޭގެ ފަހުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުށްޓަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުޞަތު ހަނިމާދޫ ކައުންސިލުން ހުޅުވާލިއެވެ. ނަމަވެސް އެއީ ސަރުކާރުން ނިންމާފައިވާ ނިންމުމެއް ނޫނެވެ.

ad