logo

މި ގައުމުގެ އިގްތިސާދު ހަލާކުކޮށްލީ އެމްޑީޕީން ޑޮލަރުގެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭ: އެމްޕީ (ޝާޑު)

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މި ގައުމުގެ އިގްތިސާދު ހަލާކުކޮށްލުމަށްފަހު، އިދިކޮޅު އެމްޑީޕީން އެމީހުންގެ ވެރިކަމުގަ ގައުމު ހިންގީ މޭޒު ދަށުން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ އަހަރަކު އެތައް މިލިއަން ރުފިޔާގެ ފައިދާއެއް ވަދެވަދެ ހުއްޓާ ރާއްޖޭގެ މައި އެއާޕޯޓް ބޭރުގެ ބަޔަކަށް 78 މިލިއަނަށް ޑޮލަރަށޭ ކިޔާ ވިއްކާލީ ވެސް އެމްޑީޕން ކަމަށެވެ. އަދި ޖީބަަށް އިތުރަށް އަޅާލާ ބޮޑެތި މަންފާތައް ހާސިލް ކޮށްފައިވާ ކަމަށެވެ. އެހާ ހިސާބުން ރާއްޖޭގެ އިގްތިސާދު ހަލާކުވި ކަމަށާއި، ފެންކުންފުނި ވިއްކާލާ، ދިރާގް ވިއްކާލި ކަމަށާއި، މިއީ މިއަދުވެސް ދިވެހި ރައްޔިތުންނަށް ވަރަށް ސާފްކޮށް އެކަންކަން އެނގޭ ކަމަށެވެ.
އެހެންކަމުން މިއަދު އެމްޑީޕީން ޑޮލަރުގެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލު ކުރެއްވި މަސައްކަތް އޮތީ ފެންނަން ކަމަށާއި، ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތް ހަދާ ބޭރަށް ދެވޭނެ ގޮތް ހަދާ ބޭސްފަރުވާއަށް ދެވޭނެ ގޮތްވެސް ވަނީ ފަހި ކޮށްދެއްވާފަަ ކަމަށެވެ.

ޑޮކްޓަރީ ބޭސް ރާއްޖެ އަށް އެތެރެނުވެ ލަސްވި ސަބަބުވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ހުރިހާ ކަމެއްގެ އިހްމާލު އޮވެ އެކަމަށް އެމްޑީޕީން ލަދުގަންނަން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕން ގައުމީ ހިންގީ ހިންގަންވާ ގޮތަށް ނޫން ކަމަށާއި، ކުރީ ސަރުކާރުގެ އެވާހަކަތައް ދެއްކެނީވެސް އެމީހުން ކަންކަން ކޮށްފައިވާ ގޮތުން ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕން މި ގައުމު ހިންގީ މޭޒު ދަށުން ކަމަށް ވިޔަސް މި ސަރުކާރު ގައުމު ހިންގާނީ މަތިން ފެންނަ ގޮތަށް ކަމަށާއި، އަދި ދެފުށް ފެންނަ ވެސް ގޮތަށްކަމަށެވެ. އެގޮތުން ހަތަރު ފުށް ވެސް މިހާރު ފެންނާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ad