ރާއްޖޭގެ ވިޔަފާރީގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދަނީ ހަގީގަތުގައި ވިޔަފާރިވެރިން އެތަކެތި އަގު ބޮޑުކޮށް ވިއްކުމުން ކަމަށާާއި، ނަމަވެސް ތަކެތި އަގުބޮޑުކޮށް ވިއްކުމަށް ވިޔަފާރިވެރިންނަށް މަޖުބޫރު ވަނީ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަދު އިދިކޮޅު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީން ބުނީ 12، 13، ގައި އެމްޑީޕީން ނުކުންނަނީ ހަމަ އަސްލަށްވެސް ދަތިވެން ކަމަށާއި، ނަމަވެސް އެމްޑީޕީން ދަތިވެއްޖެ ނަމުގަ މަގުމައްޗަށް ނުކުންނަން މުޒާހަރާ ރޭވިފަހުން ސަރުކާރުގެ ބައެއް ވެރިން މިހާރު މިކަމާއި ކަންބޮޑުވެފައިވަމުން ދާތަން ފެންނަމުންދާ ކަމަށެވެ.
ނަމަވެސް މިއަދާ ހަމަޔަސްވެސް ތަކެތީގެ އަގުތައް ދަނީ އުފުލެމުން ކަމަށާއި، އަހަރު ނިމޭއިރު މިއަށްވުރެވެސް ތަކެތީގެ އަގު ބޮޑުވެ އަތް ނުފޯރާ ވަރަށް އިތުރު ވެގެން ގޮސްދާނެ ކަމަށެވެ.
ޒުވާނުން އާންމުކޮށް ބޭނުން ކުރާ ކޮފީ ދަޅެއްގެ އަގު 500 ރުފިޔާ އަށް އެރުމަކީވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ކިތަންމެ ވަރަކަށް ސަރުކާރުން އަގު ބޮޑު ނުވާ ކަމަށް ވާހަކަ ދެއްކި ނަމަވެސް އެއަގުތައް ދަނީ ބޮޑުވަމުން ކަމަށެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހެއްގަ އެމްޑީޕީން ކުރިއަށް ގެންދާ 12 އާއި 13 ހަރަކާތަކީ 2004 ގެ ތާރީޚީ އިޞްލާޙީ އެއްވުމާ ގުޅޭ ތަފްޞީލީ ހަނދާންތައް އާކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއަހަރުގެ މި ދުވަސް އެމްޑީޕީން ކުރިއަށް ގެންދަނީ ދަތިވެއްޖެ ނަމުގައެވެ.
އޯގަސްޓު 12 ވާ ބުދަ ދުވަހު މާާލޭގައި މުޒަަހަރާ ކުރަން އެމްޑީޕީ އިން ނިންމާފައިވާއިރު، އެޕާޓީން ދަނީ ސަރުކާރާއި ދެކޮޅަށް ގިނަ އިހްތިޖާޖް ތައް ރާވާ މަގުމަތީގަ ހަރަކާތްތައް ހިންގަމުންނެެވެ.

.jpg&w=256&q=75)
