logo

އިޤްތިޞާދީ ގޮތުން ކުރިމަތިވެދާނެ ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެ އޮތީ ތައްޔާރަށް: މިނިސްޓަރ ޙަސަން ޒަރީރު

މަރްޔަމް
10 ގަޑިއިރު ކުރިން

އިޤްތިސާދީ ގޮތުން ކުރިމަތިވެދާނެ ލޮޅުން ތަކުން އަރައިގަތުމަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށް މާލީ ކަންކަމާ ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރޮއިޓަރސް އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ޒަރީރު ވިދާޅުވީ ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފަައިވާ ހީނަރު ކަމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށާއި ނަމަވެސް އެކަމުން އަރައިގަތުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުން ފަދަ ފިޔަވަޅުތަކާއި މާލީ ދާއިރާއިން އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކުގެ އިތުރުން ، މި ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީވެސް ބޭނުންވާ ކަމަށާއި، އެގޮތުން ވޯލްޑް ބޭންކާއި އެހެނިހެން މާލީ އިދާރާތަކުން އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މިނިސްޓަރ ޒަރީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކު އަންނަ އަހަރުގެ އިޤްތިޞާދީ ކުރިއެރުން 3.8 އިން ސައްތަ ކުރިއަށް ޖެހޭނެ ކަމށާއި އަދި 2028 ވަނަ އަހަރު އިޤްތިޞާދީ ކުރިއެރުން 6.8އިންސައްތަ މައްޗައް ޖެހޭނެ ކަމަށެވެ. އިޢާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް 33% އަށް ފުޅާކުރުމާއި ފަތުރުވެރިކަން ވަރުގަދަ ކުރުމަކީވެސް އަމާޒެކެވެ.

މިއަމާޒުތަކަށް ވާޞިލްވުމަށް ވޯލްޑްބޭންކް އިން ވަނީ ދެއަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތައް 250 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައެވެ. އަދި އިސްލާމިކް ޓްރޭޑް ފައިނޭންސިނގް ކޯޕަރޭޝަންއާއި އެކު މިދިޔަ މަހު ވަނީ 5 އަހރުގެ 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސް ވުމެއް އެކުލަވާލާފައެވެ.

ad