logo

މައުރަޒުން ހުޅުވިގެންދާ ފުރުސަތުތައް ހަގީގަތަކަށް ހެދުމަށް ޒުވާނުންނާއި އަންހެނުންނަށް އިތުރު އެއްބާރުލުން ދޭންޖެހޭ: ފައިސަލް ނަސީމް

ދިވެހި ޗެނަލް
ދިވެހި ޗެނަލް
ގަޑިއިރެއް ކުރިން

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ފެނިގެން ދިޔައީ، ދިވެހިންގެ ކިބައިގައި ހުރި ހުނަރާއި، އުފެއްދުންތެރިކަމާއި އިޖާދީ ވިސްނުންކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އުފެއްދުންތެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ޒުވާނުން ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ކުރާ ހިތްވަރު ފެނިވަޑައިގަތްކަމަށާއި މިފަދަ މައުރަޒުތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ހުނަރުވެރި އަންހެނުންނާއި ޒުވާނުންނަށް އެމީހުންގެ އައު ޚިޔާލުތަކާއި އުފެއްދުންތައް ދައްކާލުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށެވެ. މައުރަޒުގައި ތަކެތި ބައިވެރިކޮށް ވަނަ ހޯއްދެވި ބޭފުޅުންނަށް މަރުޙަބާ ދަންނަވަމުން، ފައިސަލް ވިދާޅުވީ ހުނަރުން ފުރިގެންވާ ޒުވާން ވިޔަފާރިވެރިން އުފެދުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމެއްކަމަށެވެ. މިފަދަ މައުރަޒަކުން ހުޅުވިގެންދާ ފުރުސަތުތައް ހަގީގަތަކަށް ހެދުމަށް ޒުވާނުންނާއި އަންހެނުންނަށް އިތުރު އެއްބާރުލުން ދޭންޖެހޭކަމަށާއި އުފައްދާ ތަކެތި މާކެޓްކޮށް ވިއްކޭނެ ޕްލެޓްފޯމެއް ގާއިމުވެފައި އޮތުމަކީ މުހިއްމުކަމެއްކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ވިޔަފާރީގެ ރޫހު ހުރި ޒުވާނުންނަށް އެފުރުސަތު ފަހިވާންޖެހޭކަމަށެވެ. އަދި ޒުވާން ވިޔަފާރިވެރިން އުފެދިގެން އައުމަކީ ގައުމުގެ އިގުތިސާދަށް ނުހަނު ފައިދާ ވާނެކަމެއްކަމުގައިވެސް ފައިސަލްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

View post on Twitter

ފައިސަލް ވިދާޅުވީ ވިޔަފާރީގެ ރޫހު ހުރި ޒުވާނުންނަށް އެފުރުސަތުވެސް ފަހިވާންޖެހޭކަމަށް. އަދި ޒުވާން ވިޔަފާރިވެރިން އުފެދިގެން އައުމަކީ ގައުމުގެ އިގުތިސާދަށް ނުހަނު ފައިދާ ވާނެކަމެއްކަމުގައިވެސް ފައިސަލްގެ ޕޯސްޓުގައި ވިދާޅުވި.

ad