logo

ސެޓިފައިޑް ޓްރެއިނަރ ކޯހުގެ 17 ވަނަ ބުރު ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
15 ގަޑިއިރު ކުރިން

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދާ ސެޓިފައިޑް ޓްރެއިނިންގ ކޯހުގެ 17 ވަނަ ބުރު ފަށައިފިއެވެ. މި ކޯހުގެ 17 ވަނަ ބުރު ހާއްސަކޮށްފައި ވަނީ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށެވެ.

ކޯސް ފެށުމަށް ލ. ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކޯސް ފައްޓަވައިދެއްވައި ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ ދެއްކެވި ވާހަކަފުޅުގައިފުލުހުންގެ މުއައްސަސާގައި ގާބިލު، ނަފުސަށް އިތުބާރުހުރި، ފަންނީ މުދައްރިބުން ބިނާކުރުމަށް ސެޓިފައިޑް ޓްރެއިނިންގ ކޯހަކީ ބޭނުންތެރި މުހިންމު ކޯހެއްކަމަށް ވިދާޅުވިއެވެ.
ސައުތު ސެންޓްރަލް ޕޮލިހުގެ 13 ފުލުހުންނާއި ސިވިލް ދެ މުވައްޒަފުންނާއެކު ކުރިއަށް ގެންދާ މި ކޯހުގައި “އެކްސްޕީރިއެންޝަލް ލާނިންގ، ކޮމިއުނިކޭޝަން ސްކިލްސް، މެނޭޖިންގ ގްރޫޕްސް އިން ޓްރެއިނިންގ، ޑިޒައިނިންގ އަ ޓްރެއިނިންގ ސެޝަން، ޕްރެޒެންޓޭޝަން އެންޑް ޑެލިވަރީ ސްކިލްސް އަދި ކްލޯޒަރ އެންޑް އިވެލުއޭޝަން” ފަދަ ބައިތައް ކިޔަވައިދޭނެއެވެ.

މި ކޯހަކީ ކިޔަވައިދިނުމުގެ ހުނަރުތަކަށް މުދައްރިބުން އަހުލުވެރިކުރުވުމާއެކު، ފިލާވަޅުތައް ތައްޔާރުކުރުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ ގޮތްތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

ad