logo

ނައިފަރުގައި ކުރިއަށްގެންދިޔަ ވަރޓިކަލް ފާމިން ތަމްރީން ނިންމާލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ނައިފަރުގައި ކުރިއަށްގެންދިޔަ ވަރޓިކަލް ފާމިން ތަމްރީން ނިންމާލައިފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ ވަރޓިކަލް ފާމިންގ އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަމުގެ އަމަލީ މަޢުލޫމާތާއި ހުނަރު ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އުނގަންނައިދިނުމުގެ މަޤްޞަދުގައި ޅ. ނައިފަރުގައި ކުރިއަށްގެންދިޔަ ވަރޓިކަލް ފާމިންގ ތަމްރީނު ޕްރޮގްރާމް ނިންމާލާފައިވާ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް ސެޓްފިކްޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާ ކަމަށެވެ. އެގޮތުން 36 ދަނޑުވެރިން ބައިވެރިވި މި ތަމްރީނުތަކުގައި ވަރޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމާއި، ގަހަށް ބޭނުންވާ ކާނާ މެނޭޖްކުރުމުގެ އިތުރުން، ވަރޓިކަލް ފާމިންގ ނިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ވަނީ ދެވިފަ ކަމަށެވެ.

ސްކޫލުކުދިން ވެސް ހިމެނޭހެން ދަނދުވެރިން ބައިވެރިވި، މި ތަމްރީނުތަކުގައި ވާޓިކަލް ފާމިންގގެ އަސާސްތަކާއި، އޮށް އިންދުމާއި، ގަސް މުޑުވައް ތައްޔާރުކުރުމާއި، ގަހަށް ބޭނުންވާ ކާނާ މެނޭޖްކުރުމުގެ އިތުރުން، ވަރޓިކަލް ފާމިންގ ނިޒާމުތައް ރަނގަޅު ގޮތުގައި ބެލެހެއްޓުމާ ގުޅޭ މަޢުލޫމާތު ވަނީ ދެވިފައެވެ.

މި ފްރޮގްރާމްގެ ތެރެއިން ބައިވެރިން އަމަލީގޮތުން ސިސްޓަމްތަކުގައި މުޑުވަށްކުރި ތަކެތި މިއަދުވަނީ ވަނީ ކަނޑާފައެވެ.

ނައިފަރުގައި ސިސްޓަމްތައް ގާއިމުކޮށްފައިވަނީ ،ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ހިންގުނު 'ޕްރޮޖެކްޓް ފޮރ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ' ގެ ދަށުންނެވެ.

ad