logo

ސަރުކާރަށް ފާޑުކިޔަސް ޓީޗަރުންނަށް ފިޔަވަޅެއް ނާޅާނެ: މިނިސްޓަރ ޝަފީޢު

މަރްޔަމް
11 ގަޑިއިރު ކުރިން
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު

ސަރުކާރަށް ފާޑުކިޔަސް މިހާރު ޓީޗަރުންނަށް ފިޔަވަޅެއް ނާޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ޓީޗަރުންނަށް އެކި ކަންކަމާއި ގުޅިގެން އިންޒާރުދެވި، ސަސްޕެންޝަނުގެ އަމުރުކުރެވި، ޓީޗަރުންނަށް އޮތީ ބިރުވެރި މާހައުލެއް ކަމަށާއި އެގޮތުން 100 އަށް ވުރެ ގިނަ މިފަދަ ޝަކުވާތައް މިނިސްޓްރީއަށް ލިބުނު ކަމަށެވެ.

ނަމަވެސް މިހާރު ޓީޗަރުންނަށް އެފަދަ ބިރުވެރި މާހައުލެއް ނޯންނާނެ ކަމަށާއި އެގޮތުން ސަރުކާރަށް ފާޑުކީ ނަމަވެސް މިހާރު ޓީޗަރުންނަށް ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"އެއްވެސް ޓީޗަރަކަށް، އެއީ ހުދު ސަރުކާރަށް ފާޑުކީ ކަމުގައިވިޔަސް އެއްވެސް ޓީޗަރަކަށް ނޯންނާނެ ފިޔަވަޅެއް އަޅާފައެއް،" ޝަފީއު ވިދާޅުވި އެވެ.

ޓީޗަރުންނަށް ބިރު ދެއްކުމާއި ބޭއިންސާފުން ކަންކަން ކުރުމުގެ ސަގާފަތް މިހާރު އެޑިއުކޭޝަން މިނިސްޓްރީގައި ނޯންނާނެ ކަމަށާއި ހެޔޮ ނަތީޖާ ވެސް ނިކުންނާނީ އެފަދަ މާހައުލެއް ގާއިމުކުރެވިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ad