މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި މައްސަލަ ދަނީ ހައްލު ކުރަމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ .
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާފަންނުގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަވާ ކަމަށެވެ.
މައްސަލަ ދެނެގަނެ ހައްލު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަށެވެ.
މިއަދު މެންދުރުފަހު ހުޅުމާލެ ފޭސް ދޭއްގެ ޓަވަރުތަކަކުން ވެސް ކަރަންޓު ދިޔައެވެ. އެ މައްސަލަ ހައްލުވެ ކަރަންޓު ވަނީ ދީފައެވެ.


