ގިނަ ގައުމަކާއެކު އިންޑިއާ ކަނޑުގެ ސިފައިން ކުރިއަށްގެންދާ ތަމްރީނު ހަރަކާތެއް ރާއްޖޭގައި ފަށުމަށް ތައްޔާރުވެއްޖެއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ 16 ގައުމަކާއެކު އިންޑިއަގެ ކަނޑުގެ ތަމްރީން ހަރަކާތެއް ފެށުމަށް އައިސޯއެސް ސާގަރު ރާއްޖެއަށް މިހާރު އައިސްފައިވާ ކަމަށެވެ. އޭގައި ބައިނަލްއަގްވާމީ 39 ކްރޫން އިން ރާއްޖެ އައިސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ތަމްރީން ޕްރޮގްރާމްގައި އިންޑިއާ ހިމެނޭހެން 16 ގައުމެއް ބައިވެރިވެއެވެ. އެއީ ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރް ތައިލެންޑް، ރާއްޖެ، ސީޝެލްސް، ކެންޔާ، މޮރިޝަން، މުޒަންބީ، ސައުތް އެފްރިކާ، ތަންޒޭނިއާ އަދި ބަންގްލަދޭޝެވެ.
ރާއްޖެއަށް އެ މަނަވަރު އައުމާ ގުޅިގެން މިއަދު ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވައިފައެވެ.
އެ ޕްރޮގްރާމްގެ ދަށުން ގިނަ އަދަދެއްގެ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ހައިކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން ހެލިކޮޕްޓަރު އޮޕަރޭޝަނާއި ރެސްކިއު އޮޕަރޭޝަންތައް ހިމެނެއެވެ. އަދި ބައިވެރިން މާލެ ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

