logo

މަޖިލީހުގެ ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާއަށް 

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މަޖިލީހަށް ނައިބު ރައީސަކު ހޮވުމަށް ބާއްވަން ތާވަލް ކުރި ޖަލްސާ ހޯމަ އަށް މާދަމާ އަށް ތާވަލު ކޮށްފިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާ އަށް އެޖާންޑާކުރިއެވެ. ނަމަވެސް ޖަލްސާ ފެށުމުގެ ކުޑަވަގުތުކޮޅެއްގެ ކުރިން ނާޒިމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ޕީއެންސީން ނާޒިމު ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އޭނަ މަޖިލީހުގެ މަސްލަހަތު ނަގާލަން އުޅުއްވާކަމަށް ތުހުމަތުކޮށެވެ. އަދި މަގާމުގެ ނުފޫޒާއި، ނާޖާއިޒު ފައިދާ ނެގުމާއި، ފިތުނަ އުފައްދާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ނާޒިމް ވަކިކުރަން މަޖިލީހުން ނިންމާ މިއަދަށް ތާވަލުކުރުމާއެކު ނާޒިމް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ބަޔާންގައި ފާހަގަ ކުރެއްވީ އޭނާ މަގާމުން ދުރަށް ވަޑައިގަތީ މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށެވެ. އަދި އޭނާ އަށް ކުރާ ތުހުމަތުވެސް އެބަޔާނާއެކު ވަނީ ދޮގު ކުރައްވާފައެވެ.

ހޯމަ ދުވަހަށް ނައިބު ރައީސް ހޮވާ ޖަލްސާ މިހާރު ވަނީ ތާވަލު ކޮށްފައެވެ. ނައިބު ރައީސް ކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުއާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެވެ.

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މެޖޯރިޓީ ވޯޓާއެކު ޖުމްލަ 80 ވޯޓު ހޯއްދަވައިގެންނެވެ. އޭރު އޭނައާ ވާދަކުރެއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ނާޒިމް އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

ad