logo

މާލޭގެ މާފަންނުގައި ހުރި ‏ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓު ކަނޑާލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
ދުވަހެއް ކުރިން

މާލޭގެ މާފަންނުގައި ހުންނަ ‏ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ބައެއް ގެތަކުން ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

އަލިފާން ރޯވެ އަނދަމުން ދަނީ މ. ކައިރުގޭގައި ހުންނަ ޕްރައިމް ގޯޑައުން 1 ގައެެވެ. އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނޫނެވެ.

އެ ގުދަނަކީ ކެމިކަލް އަދި ގަސްކާނާ ފަދަ ތަކެތި ހުރި ގުދަނެކެވެ. އަދި އެ ގުދަނުގައި އަދިވެސް ކޮންމެވެސް ވަރަަކަށް އަލިފާން ހިފާފައިވާއިރު، އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލުތަަކަށްވެސް ވަނީ ގެއްލުންވެފައެވެ.

ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް ސެންޓަރުން ބުނީ، މ. ތައިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ގުދަނުގައި ރޯވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ad