ތުޅާދޫގައި ދޫކުރާ 100 (ސަތޭކަ) ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިން ޔުނިޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުގައެވެ.
11ޖަނަވަރީ 2026 ގައި ކުރި އިޢުލާނާ ހަވާލާދީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ ތ. ވިލުފުއްޓާއި، ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ގެ ދަށުން ހައުސިންގ ޔުނިޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.
މިގޮތުން "ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ މުއްދަތު، 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ. އެކި މައްސަލަތަކާ ހުރެ މިހާތަނަށް އެ ތަންތަން ހަވާލުކުރެވިފަ ނުވާތި އެ ވުޒާރާއިން ބުނީ ދެން މި ޔުނިޓްތައް ދޫކުރާނީ އަލަށް އެކުލަވާލާފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.


