logo

އަޅުގަނޑު ބޮޑުވެގެންއައި އިރު ފެނުނު އިތުބާރުހުރި އެމްޑީޕީއެއް މިހާރަކު ނެތް: މާލެ ސިޓީ ކައުންސިލް މެންބަރު ފުރުޝާން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

އެމްޑީޕީއަކީ އަންނަން އޮތް ޖީލަށްވެސް އިތުބާރު ކުރެވޭނެ ފަދަ ޕާޓީއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމުގެ އުންމީދެއް ނެތްކަަމަށް މާލެ ސިޓީ ކައުންސިލުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު ހުސެއިން ފުރުޝާން ވިދާޅުވެއްޖެއެވެ.

ފުރުޝާން ވިދާޅުވީ މީގެ ކުރިން އެބޭފުޅުން ކުޑައިރު އިތުބާރުކުރި އެމްޑީޕީއެއް މިއަދަކު ފެންނާން ނެތްކަމަށެވެ. އެމްޑީޕިއަކީ ބޭއިންސާފާ ދެކޮޅަށް ތެދުވެ، އާދައިގެ ރައްޔުތުންނަށް އަޑު އުފުލުމުގެ ފުރުސަތު ހޯދަދިން އަދި ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ ހައްގުތައް އިސްކުރި ބައެއް ތިބި ޕާޓީއެއްކަމަށެވެ. އަދި އެއީ މިހާރުވެސް އެމްޑީޕީން ފެންނަން ބޭނުންވާ ސިފަތައްކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރަސްމާލެ އެއްބަސްވުމާ ގުޅިގެން ގައުމުގެ މުސްތަޤުބަލާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި، ޕާޓީގެ އެތެރޭގެ ކަންކަމަށް ވުރެ ކުރިއަށް އޮތް ޖީލުތަކުގެޙައްޤުތައް އިސްކުރަންޖެހޭކަމަށް އޭނާ މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފައެވެ.

ހައްދުފަހަނައެޅި ގައުމިއްޔަތެއްގެ މައްޗަށް ނުވަތަ ބޭރުގެ އިންވެސްޓްމެންޓްތަކާއި ދެކޮޅަށް އެމްޑީޕީން ސްޓޭންޑެއް ނުނަގައި، ޕާޓީގެ ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާތަން ފެންނަ ކަމަށާއި، އަދި ވަކިން ޚާއްސަކޮށް ޕާޓީގެ ޗެއާރޕަރސަން ޕާޓީގެ ސްޓޭންޑަޑާއި ވިސްނުންތަކާ ޚިލާފަށް ތާއީދުކުރައްވާ މަންޒަރު ފެނުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށް ފުރުޝާން ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީއަށާއި، ޕާޓީގެ އަސާސީ އުސޫލުތަކަށް ވަފާތެރިކަންމަތީ ދެމިހުރުމަށް، ގައުމީ މަޖިލީހުގެ އިންތިޚާބުން އޭނާގެ ކެންޑިޑެސީ އަނބުރާ ގެންދަން ނިންމައިފައިވާ ކަމަށާއި، ބޭނުން ވަނީ އެމްޑީޕިއަކީ އަންނާން އޮތް ޖީލަށްވެސް އިތުބާރުކުރެވޭ ޕާޓީއަކަށްވުން ކަމަށް ފުރުޝާނުގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ad