ހައްދުފަހަނައެޅި އިޒްރޭލު ގެ ދައުލަތުން ފަލަސްޠީނުގެ އަސީރުންނަށް މަރުގެ ހުކުމް އިއްވުމާ ދެކޮޅަށް ރާއްޖޭގައި މާދަމާ އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް އިޒްރާއިލުން ޤާނޫނަކުން ނިންމާފައިވާއިރު އެއީ އެއްވެސް ދީނެއްގައި އަދި ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ޚިލާފު އަމަލުތަކެކެވެ.އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާ މި އެއްވުމަކީ ފަލަސްޠީނުގެ އަސީރުންނާމެދު ސަޙްޔޫނީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އަޑުއުފުލުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މިފަދަ އެކި އެއްވުންތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ދަނީ ބާއްވަމުންނެވެ.
އިސްރާ އެސޯސިއޭޝަނުން ބުނީ އަސީރުންނަށް މަރުގެ ހުކުމް އިއްވުމަށް ދައުލަތުން ޤާނޫނަކުން ނިންމާފައިވާއިރު އެއީ އެއްވެސް ދީނެއްގައި އަދި ތާރީޚުގައިވެސް މިހާތަނަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ މުއާހަދާތަކާއި އިންސާނީ ޙައްގުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އެކަންކަން ހުއްޓާލަން ގޮވާލާ މާދަމާގެ އެއްވުމުގައި އަޑުއުފުލާނެ ކަމަށެވެ.އެ ޖަމުޢިއްޔާއިން ބުނީ މާދަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެއްވުންތައް ބާއްވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގައި މި އެއްވުން ބާއްވަނީ ފަލަސްޠީނުގެ އިލްމުވެރިންގެ ޖަމުޢިއްޔާ އާއި ގްލޯބަލް ކޯލިޝަން ފޯ ޤުދުސް އެންޑް ޕަލަސްޓައިން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ އެހެނިހެން ބައެއް ޖަމުޢިއްޔާތަކުގެ އެދުމާއެކުގައި ކަމަށް ބުންޏެވެ.
އިޒްރޭލު ދައުލަތުން ފަލަސްޠީނުގެ ކުށެއްނެތް އަސީރުންނަށް މަރުގެ އަދަބު ދިނުމަށް ފާސްކުރި ޤާނޫނާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އޮންނާނީ މާދަމާ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުގައެވެ.ފަލަސްޠީނުގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓާލައި އެ ޤައުމުގެ ރައްޔިތުންގެ ނަސްލުހޭދަކުރުމާ ދެކޮޅަށް ރާއްޖޭން ދަނީ އަބަދުވެސް އަޑުއުފުލަމުންނެވެ. އެގޮތުން، މީގެ ކުރިންވެސް މި އަމަލުތަކާ ދެކޮޅަށް އަޑުއުފުލައި މުޅި ރާއްޖޭގައި ވަނީ އެއްވުންތައް ބާއްވާފައެވެ.


