logo

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް  މިފަހަރު އައްޑޫގައި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

ޅެންވެރީންގެ ދުވަހުގެ ހަރަކާތްތަކަށް މިފަހަރު އައްޑޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގަންފައެވެ.

2026ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ސ. ހިތަދުއަށް ވަޑައިގަންނަވައިފައިވާއިރު، މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ޚާއްޞަ މުޝީރު ނިޝަން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެވެރިޔާ އުތީމު އާދަމް ޢަބްދުއްރަޙުމާނާއި، ވުޒާރާގެ ބައެއް އިސް މަސްއޫލުވެރީން ބައިވެރިވެވަޑައިގަންނަވައެވެ.

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކުރާ މި ރަސްމިއްޔާތަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޙަސަން ޝާކިރު މުޙައްމަދާއި އެކަޑެމީގެ ނައިބު ރައީސާއި އެތައް ޅެންވެރީންނެއް ބައިވެރިވެވަޑައިގަތެވެ.

ޅެންވެރީންގެ ދުވަސް ކޮންމެ އަހަރަކުވެސް ޚާއްޞަވަނީ ދިވެހި އަދަބިއްޔާތުގެ ގަދަފަދަ ތަނބެއް ކަމަށްވާ އަލްމަރުޙޫމް އިބްރާހީމް ޝިހާބަށެވެ. މިއަހަރުގެ ޅެންވެރީންގެ ދުވަހުގެ ހަރަކާތްތައް ހިތަދޫގައި ކުރިއަށްދާއިރު، ދުވަހުގެ ރަސްމީ ޖަލްސާ ތަހުސީސްކުރެވިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކެމީ ޙަސަން ލަބީބަށެވެ.

މީގެ އިތުރުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމަށާއި، ޅެންވެރީންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ފެބުރުވަރީ 14 ވާ ހޮނިހިރު ދުވަހުގެ ރޭ މިރޭ ގައެވެ.

ad