logo

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 78 ހެކްޓަރު ހިއްކައިފި

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން މިހާތަނަށް 78 ހެކްޓަރު ހިއްކައިފިއެވެ.

އެމްއޭސީއެލްއާ ހަވާލުކޮށްގެން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މިމަޝްރޫޢުގައި ޖުމުލަ 112 ހެކްޓަރުގެ ބިން އެރަށުން ހިއްކައެވެ.

ހއ. ދިއްދޫ އެއާޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން 78 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާފައިވާ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާއެމްއޭސީއެލް އިން މިއަދު ބުނެފިއެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.

ދިއްދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5000 ނަމަވެސް، ރަށުގައި ތަޢުލީމާއި ޞިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު ރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ.ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅެކެވެ.

އެމްއޭސީއެލްއިން ބުނީ މިހާތަނަށް 78 ހެކްޓަރު ހިއްކާ ނިންމާފައިވާކަމަށެވެ. އެއީ މުޅި މަޝްރޫޢުގެ %70 އެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.

ad