logo

ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކުރާނެ: މެޓް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
16 ގަޑިއިރު ކުރިން

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ،( މެޓް އޮފީހުން )ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ވިއްސާރައާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.

މެޓުން ބުނީ ވައިއެނބުރޭނީ މަޑުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށެވެ. އަދި ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގަކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

ad