ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ ރޯދަ މަސް ނިމެން 11 ދުވަހަކަށް ވަނިކޮށެވެ. އެއީ މާޗް މަހުގެ އަށްވަނަ ދުވަހެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ނުވަަތާ 35 ދުވަސް އަންނަ ހަފްތާއާއި ހަމައަށް ވާނެއެވެ.
މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ބޭއްވުމަށް ތާވަލް ކޮށްފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.
މިއަހަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށީ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހެވެ. އޭގެ ފަހުން އެ މަހުގެ 10ވަނަ ދުވަހާއި، 11ވަނަ ދުވަހާއި، 17ވަނަ ދުވަހާއި، މިދިޔަ މާރިޗު މަހުގެ އަށްވަނަ ދުވަހު ޖަލްސާއެއް ބޭއްވިއެވެ. ނަމަވެސް އެއަށްފަހު އެއްވެސް ޖަލްސާއެއް އަދި ނުބާއްވައެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވިޔަސް ކޮމިޓީގެ ބައެއް މުހިންމު މަސައްކަތްތައް މަޖިލީހުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެންމެ ފަހުން ކޮމިޓީ ބައްދަލުވުމެއް ބާއްވާފައިވަނީ ނިމިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހެވެ.

