ކުރިޔަށް އޮތް ރަމަޟާން މަހު އެމްޓީސީސީއިން ފޯރުކޮށްދޭ އާރުޓީއެލް ފެރީ އާއި ބަހުގެ ހިދުމަތް ބައެއް ގަޑިތަކަށް މެދުކަނޑާލަން އެމްޓީސީސީން ނިންމައިފިއެވެ.
އެ ކުންފުނިން ހާމަކުރިގޮތުގައި ފެރީގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދު ފެރީތަކެވެ. އެގޮތުން ބަލާއިރު:
ބަހުގެ ހިދުމަތް
- މާލެ-ހުޅުމާލެ - މާލެ ބަސް ރޫޓޫ ހަވީރު 17:00 އިން 19:00 އަށް
- ހުޅުމާލެ-އެއާޕޯޓް - ހުޅުމާލެ ބަސް ރޫޓު ހަވީރު 17:00 އިން 19:00 އަށް
- މާލެ-އެއާޕޯޓް - މާލެ ބަސް ރޫޓު ހަވީރު 17:00 އިން 18:40 އަށް
- ހުޅުމާލެ އިންޓާނަލް ބަސް ރޫޓޫ ހަވީރު 17:15 އިން 19:15 އަށް
- މާލެ އިންޓާނަލް ބަސް ރޫޓޫ ހަވީރު 18:00 އިން 21:00 އަށް
- ވިލިމާލެ ބަސް ރޫޓު ހަވީރު 18:00 އިން 19:00 އަށް މެދުކެނޑުމަށް ވަނީ ނިންމާފައެވެ.
ފެރީގެ ހިދުމަތް
- މާލެ-ވިލިމާލެ - މާލެ ފެރީ ރޫޓު ހަވީރު 17:00 އިން 19:00 އަށް
- މާލެ-ތިލަފުށި - މާލެ ފެރީ ރޫޓު ހަވީރު 17:00 އިން 19:00 އަށް
- މާލެ-ގުޅީފަޅު - މާލެ ފެރީ ރޫޓު ހަވީރު 16:15 އިން 17:00 އަށް
- ހުޅުމާލެ-މާލެ - ހުޅުމާލެ ފެރީ ރޫޓު މެންދުރު 15:00 ގެ ފަހުން ދަތުރު ނުކުރަން ވަނީ ނިންމާފައެވެ.
އާރުޓީއެލް ބަހާއި ފެރީގެ ހިދުމަތްތައް ބައެއް ގަޑިތަކުގައި މެދުކަނޑާލުމުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. އަދި އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.


