logo

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ސ. ހުޅުދޫ / ސެލްޓަން، މުޙައްމަދު ރަޝީދު (49އ) އެވެ.

މި މަހުގެ ތިންވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ސިނަމާލެ ފުލެޓް ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ގޮތުން މި ތަކެތީގެ ވަގުތީ ބަރުދަނުގައި 261.93 ގުރާމް ހުރި ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ސައިކަލު ބަލައިފާސްކޮށް އެ ދެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ad