logo

ރޭޑިއޯލޮޖީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޑީކޭ ގައި ހިލޭ ސްކޭން ކުރުމުގެ ޕްރޮގަރާމެއް

ދިޔާމާ އިބްރާހިމް
7 ގަޑިއިރު ކުރިން

ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ ރޭޑިއޯލޮޖީ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި އޭޑިކޭއިން ހިލޭ ސްކޭން ކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 8 ގައި ދުނިޔޭގައި ފާހަގަ ކުރާ ރޭޑިއޯލޮޖީ ދުވަހުގެ މިއަހަރުގެ ޝިއާރު ޚާއްސަ ކޮށްފައިވަނީ، މެޑިކަލް އިމޭޖިންގްގެ އެހީގައި ހަށިގަނޑުގެ އެތެރެއިން ފެންނަން ނެތް ބަލިތައް ދެނެގަނެ ފުރާނަ ސަލާމަތްކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، ދުނިޔޭގެ ރޭޑިއޮގްރަފީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި "ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުން" މި ކެމްޕެއިން ގެ ދަށުން ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

View post on Twitter

އެގޮތުން އޭޑީއޭ އިން ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސްކޭންގެ ޚިދުމަތަށް ނަން ނޯޓް ކުރެއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ނަންނޯޓް ކުރެއްވުމަށް އެ ހޮސްޕިޓަލްގެ ހޮޓްލައިން ނަންބަރު 1440 ގުޅުއްވައިގެން ނުވަތަ ވަޓްސްއެޕް ނަންބަރަށް މެދުވެރިކޮށް މި މަހުގެ 8 ނޮވެމްވަރުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން މެންދުރު ފަހު 3 އަށް ނަންނޯޓު ކުރެވެނޭ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކު ވެސް ވަކި ވަރަކަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ އިރު، މި ޕްރޮގްރާމް ގެ ދަށުން ދިނުމަށް ހަމަޖެހިވަނީ ތައިރޮއިޑް ސްކޭން ކުރުމާއި، ބަނޑުގެ ސްކޭނާއި، އުކުޅުވަޅު ސްކޭނާއި، އުރަމަތީގެ ސްކޭންގެ އިތުރުން ކިޑްނީ އަދި ބްލެޑާ ސްކޭންތަކެވެ.

ad