logo

ކުރިޔަށް އޮތް ފަސް ދުވަހު ވެސް ވިއްސާރަވާނެ

ދިޔާމާ އިބްރާހިމް
6 ގަޑިއިރު ކުރިން

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ކުރިޔަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރާ ގޮތުގައި މެދު ރާއްޖެތެރެއާއި ދެކެނުގެ ހިސާބުތަކަށް ވާރެވެހި މޫސުން ގޯސް ވާނެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް ކުރިޔަށް އޮތް ދުވަސް ތަކުގައި އެ ހިސާބަށް މޫސުން އަލި ވާން ފަށާނެ ކަމަށް ލަފާކުރެއެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ދެކުނާއި މެދުރާއްޖެގެ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމާއި ވައި ގަދަ ވާނެ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ. މެދުރާއްޖެ ތެރެއަށް 5 -15 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު ދެކުނުގެ ރަށްތަކަށް 8-18 މޭލާއި ވައި ޖެހޭނެ ކަމަށް ލަފާކުރެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިޔަށް އޮތް ދުވަސްތަކުގައި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ކަނޑުގަތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ހާމަކުރެއެވެ.

އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއާއި ސަލާމަތީ ޚިދުމަތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރުކުރައްވާ ނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގެމަށްފަހު ނޫނީ ދަތުރު ނުކުރުމަށާއި، ސަލާމަތާއި ރާއްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ad