logo

ހުޅުމާލެ ފޭސް ދޭއްގަ އަލިފާނުގެ ހާދިސާ އެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް ދޭއްގަ އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.

ހުޅުމާލެ ފޭސް ދޭއް، ހިޔާ ޓަވަރު 9 ގެ އެޕާޓްމަންޓެއްގައި، އޯގަސްޓް 5 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އަލިފާން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ނިއްވާލާފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އުނދުނަށް އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، އިމާރާތަށްވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ad