ހުޅުމާލޭގައި ތަރައްޤީކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ މަސައްކަތް އިފްތިތާޙްކޮށްދެއްފައިފިއެވެ. ޯލްޑް ޗެއިން ފެސިލިޓީގެ މަސައްކަތް އިފްތިތާޙްކޮށްދެއްވަމުން ހެލްތު މިނިސްޓްރީން ބުނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި، ވެކްސިނާއި، ބޭހާއި، މެޑިކަލް އިކުއިޕްމަންޓްސްއާއި، ފިނިހޫނުމިން ދަށްވާ ޞިއްޙީ ތަކެތި ރައްކާތެރިކަމާއެކު ރައްކާކޮށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީއަކީ ހަމައެކަނި އާ ޢިމާރާތެއް ނޫންކަމަށާއި، މިއީ ރާއްޖޭގެ ހަރުދަނާ، އަދި ދެމެހެއްޓެނިވި ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ޞިއްޙީ ދާއިރާގެ މުހިންމު މަސައްކަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޑިނޭޝަން، އެފިޝިއެންސީ އަދި ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާވެ، ކުލީގެ ތަންތަނަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަސައްކަތާއި އެކު މިއަދު މަސައްކަތް ކުރަނީ ދުޅަހެޔޮ މުސްތަޤްބަލެއްގެ ބިންގާ އަޅައިގެން ކުރިއަށްދިއުން ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ.

.jpg&w=256&q=75)
