logo

ފޯޅަވަހި މައްސަލަ ތަހުގީގުކުރާ ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައިފި

މަރްޔަމް
10 ގަޑިއިރު ކުރިން
ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު

ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު

ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ޚާއްޞަ ރިޔާސީ ކޮމިޝަނަށް ބަދަލުތަކެއް ގެންނަވައި، އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް ޑރ. ޢަބްދުލްމުޙްސިން މުޙައްމަދު ހަމަޖައްސަވައިފިއެވެ.
މި މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛު އަޙްމަދު ޝާކިރުގެ ބަދަލުގައި އަލަށް ދެ ބޭފުޅަކު އައްޔަންކުރައްވައި، މިހާރު އެ ކޮމިޝަނުގައި ޖުމްލަ 7 މެންބަރުން ތިއްބަވައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ކޮމިޝަން އުފައްދާފައިވަނީ އިޓްލޮސްގެ މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެން ދިޔުމާ ގުޅިގެން، އެކަމުގައި ދައުލަތުގެ މުވައްޒަފުންނާއި މަސްއޫލުވެރިން ޢަމަލުކޮށްފައިވާ ގޮތް ބަލައި، ޤާނޫނީ އިހުމާލެއް އޮތްތޯ ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށެވެ.

​މި ކޮމިޝަން އުފައްދާފައިވަނީ، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މޮރިޝަސްއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ފުށުއަރާ މައްސަލާގައި ނިންމި ނިންމުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލިގެން ދިޔައީ، މައްސަލަ ހުށަހެޅުމާއި ޖަވާބުދާރީވުމުގައި ކުރީގެ ސަރުކާރުން ޢަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ބައިނަލްއަޤްވާމީ ޚަބީރުންނާއި ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.

އެހެންކަމުން، އެކަމުގައި ދައުލަތުގެ މުވައްޒަފުންނާއި މަސްއޫލުވެރިން ޢަމަލުކޮށްފައިވާ ގޮތް ބަލައި، އެއްވެސް ޤާނޫނީ އިހުމާލެއް އޮތްތޯ ތަޙުޤީޤުކޮށް ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.


ad