ފްލައިދުބާއީގެ ފްލައިޓެއްގެ ތެރޭގައި ހިނގި ހާދިސާއާ ގުޅިގެން ހިފެހެއްޓި ދިވެހި ދެ ޕައިލެޓުންގެ ބަޔާން ނަގައިފި
ފްލައިދުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި، ހިފެހެއްޓި ދިވެހި ދެ ޕައިލެޓުން ގެ ބަޔާން ނަގައިފިއެވެ.
ޓީވީ ޗެނެލަކަށް ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ ތަރުޖަމާން އަޙުމަދު ޝިޔާމް ވިދާޅުވީ، އެ ދެ މީހުން ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް، ސުވާލުކޮށްފައިވާ ކަމަށެވެ
ސަތޭކަ ހަތް ދިހަ އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި ފްލައިދުބާއީގައި މި ހާދިސާ ހިނގާފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ދުބާއިން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ޕައިލެޓުންގެ މެދުގައި ހިނގި ކުރިމަތިލުމަކާ ގުޅިގެންނެވެ
މިޑްލް އީސްޓް މޮނިޓާއިން، އިސްރާއީލުގެ ނޫހެއް ކަމަށްވާ "ކީޕާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ފްލައިދުބާއީ ބޯޓުގެ ކެޕްޓަނަށް ކޯޕައިލެޓް ހަމަލާދިނީ ކޯރާޑިއަކުންނެވެ.
ދަތުރު ފެށިތާ ދެ ގަޑިއިރާއި ބައި ފަހުން ދިން މި ހަމަލާއާ ގުޅިގެން ބޯޓު ވަނީ 17،000 ފޫޓު (5،200 މީޓަރު) ތިރިއަށް ވެއްޓިފައެވެ. ނަމަވެސް ފަސިންޖަރުން ވަނީ ކޯޕައިލެޓް ހުއްޓުވައި، ބޯޓުގެ ކޮންޓްރޯލް ހޯދާފައެވެ.
މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ކަމާގުޅޭ އިދާރާތަކުން މިހާރު ވަނީ ތަޙުޤީޤު ފަށާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފްލައިދުބާއީގައި މަސައްކަތް ކުރި މި ދިވެހި ދެ ޕައިލެޓް އާއި ވެސް ވަނީ ތަހްގީގާއި ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. މި ދެ ޕައިލެޓުން ރާއްޖެ އައިސްފައިވަނީ، ޔޫއޭއީއިން ޑީޕޯޓްކޮށްލުމުން އިއްޔެއެވެ.
ދުބާއިން ފުރައިގެން 174 މީހުނާ އެކު ދަތުރު ކުރަމުން ދިޔަ ބޯއިން 737 ، މެކްސް8 މަރުކާގެ ބޯޓްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ވަޅިން ހަމަލާ ދީ ބޯޓް ވައްޓާލަން ވަނީ މަސައްކަތް ކޮއްފައެވެ. ބޯޓާއި ފަސިންޖަރުން ސަލާމަތްވެފައި ވަނީ ޒަޚަމްވެފައިވާ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުން ވަދެ ކޯޕައިލެޓް އަތުލައިގަނެ ބޯޓްގެ ކޮންޓްރޯލް ނެގުމުންނެވެ.


