logo

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ސޯބެ ކާމިޔާބުކުރައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) ކާމިޔާބުކުރައްވައިފިއެވެ.

މި އިންތިހާބުގައި ވާދަކުރައްވާފައިވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ސޯބެގެ އިތުރުން ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އެވެ.

ނަތީޖާ ލިބިފައިވާ ފޮށިތަކަށްބަލާއިރު މެޖޯރިޓީ ފޮށިތަކުން ކުރީގައި އުޅުއްވަނީ ސޯބެއެވެ.

ހިތަދޫގައި ހަތަރު ވަނަ ނަންބަރު ވޯޓު ފޮށީގެ ނަތީޖާ އިން ދައްކާ ގޮތުގައި ސޯބެ ވަނީ 50 ވޯޓުން ކުރި ހޯދާފައެވެ. 5 ނަންބަރު ފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސޯބެއަށް 184 ވޯޓު ލިބިފައިވާއިރު ސޮޑާއަށް ލިބިފައިވަނީ 152 ވޯޓެވެ. އަދި 4 ނަންބަރު ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 171 ވޯޓު ލިބިފައިވާއިރު ސޮޑާއަށް ލިބިފައިވަނީ 137 ވޯޓެވެ. 3 ނަންބަރު ވޯޓު ފޮށިން ސޯބެއަށް 164 ވޯޓު ލިބިފައިވާއިރު ސޮޑާއަށް ވަނީ 177 ވޯޓު ލިބިފައެވެ.

މާލޭގައި ބެހެއްޓި ދެ ފޮށީގެ ނަތީޖާ ދައްކާގޮތުން 449 ވޯޓު ސޯބެއަށް ލިބިފައިވާއިރު، ސޮޑާއަށް ލިބިފައިވަނީ 352 ވޯޓެވެ.

ad