26 ޖޫން 2026 އާއި ދިމާކޮށް މާލޭގައި މިއަދު އެކަނި 50 ކައިވެނި ކުރާ ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފި އެވެ.
ފެމެލީ ކޯޓުން ބުނީ ޖުމްލަ 50 ކައިވެންޏެއް ކޮށްދިނުމަށް އެ ކޯޓުން ވަނީ ތާވަލުކޮށްފައި ކަަމަށާއި، 11 ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ފެމިލީ ކޯޓުގެ އިދާރާގަ ކަމަށެވެ. އަދި ބާކީ އޮތް 39 ކައިވެނި ކުރިއަށްދާނީ ކޯޓުން ބޭރުގައި، ކަނޑައެޅޭ ވަކި ހާއްސަ މާލަންތަކެއްގަ ކަމަށެވެ.
މީގެ ކުރިން ވެސް ރީތި ތާރީހުތަކުގައިވެސް ރާއްޖޭގައި ރެކޯޑު އަދަދަކަށް ކައިވެނިތައް ކޮށްދީފައިވެ އެވެ.
މިގޮތަށް ކައިވެނި ކުރާ އަދަދު އިތުރުވާ ދުވަސްތަކުގައި ގިނަ މީހުންނަށް ތިބެވޭ ގޮތަށް ފެމިލީ ކޯޓުގެ ބޭރުގައި ޓެންޓު ޖަހައި، މީހުންނަށް އިށީނދެވޭ ގޮތަށް ގޮނޑިބަރިތައް ވަނީ ޖަހާފައެވެ.

.jpg&w=256&q=75)
