ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ޑިރެކްޓަރުން އައްޔަންކުރީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށެވެ.
އެގޮތުން، ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަނު ކުރެއްވީ އަޙްމަދު މާޒިން އެވެ.
އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ޝާހިދު މޫސާ އައްޔަނުކޮށްފައިވާއިރު، އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް، އައްޔަނު ކުރީ މަޢީޝާ އިބްރާހިމް އެވެ.
އަދި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް އައްޔަނުކޮށްފައިވަނީ ޢަބްދުالله ޔާމީން އެވެ.
ސަރުކާރުން ދަނީ، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ކުންފުނިތަކުގެ ބޯޑުތަކަށް ޤާބިލު ބޭފުޅުން އައްޔަން ކުރައްވަމުންނެވެ. މިގޮތުން އަލަށް އައްޔަން ކުރެއްވި މެންބަރުންނަކީ، އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

