ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަނަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުވާލައިފިއެވެ.
ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ، މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، އެ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެކުލަވާލައިފައިވާ ގަވާއިދެކެވެ. އަދި ކަސްޓަމަރ ޑިއު ޑެލިޖަންސްގެ ގަވާއިދަކީ، މަނީ ލޯންޑަރިންގއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި، އެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުޠުތައް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
އެމްއެމްއޭއިން ބުނީ، މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ޚިޔާލާއި މަޝްވަރާއެކު އެކުލަވާލައިފައިވާ މި ގަވާއިދުތަކަށް، 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ 15:00 އާ ހަމައަށް އާންމުންނަށް ޚިޔާލު ހުށަހެޅޭނެކަމަށެވެ. އެގޮތުން، ޚިޔާލު ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް އަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑެލިޖަންސް ރެގިއުލޭޝަން

