ހުޅުމާލެ ފޭސް 1 ފަޅުގައި އޮތް ސަޕްލައި ދޯންޏެއްގައި ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާ ގުޅިގެން ފިލައިގެން އުޅޭ ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ 2026 އޮކްޓޫބަރު 13 ވަނަ ދުވަހު ހިންގި މި މާރާމާރީގެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮކިބް ހޮސައިން (24 އަހަރު) އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ A06257399 އެވެ.
ރޮކިބް ހޮސައިނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެއިތުރުން މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

